އާއްމު ސުވާލާއި ޖަވާބު
-
"ބަނޑޭރި ޕޭ" އަކީ ކޮބާ؟
އެކި ފަރާތްތަކުން ދައުލަތުގެ އޮފީސްތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ބޭނުންކުރާ ޕޯޓަލް.
-
މި ޕޯޓަލް ބޭނުންކުރެވޭނީ ކާކަށް؟
އެކި ކަންކަމަށް ދައުލަތަށް ފައިސާ ދައްކާ ކޮންމެ ފަރާތަކަށް ވެސް މި ޕޯޓަލް ބޭނުންކުރެވޭނެ.
-
މި ޕޯޓަލް ބޭނުންކުރަން ރަޖިސްޓަރ ވާން ޖެހޭތަ؟
މި ޕޯޓަލް ބޭނުންކުރަން، އަދި މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ރަޖިސްޓަރ ވާކަށް ނުޖެހޭނެ. ކޮންމެ ފަރާތަކަށް ވެސް މި ޕޯޓަލް ބޭނުންކުރެވޭނެ.
-
މި ޕޯޓަލް މެދުވެރިކޮށް ދެއްކޭނީ ކޮން ފައިސާއެއް؟
ދައުލަތުގެ އޮފީސްތަކުގެ ކައުންޓަރުތަކުން ބަލައިގަންނަ ފައިސާގެ ތެރެއިން، މި ޕޯޓަލްގައި ހިމެނާފައިވާ ފައިސާ.
-
މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނީ ކޮން އޮފީހަކަށް/އޮފީސްތަކަކަށް؟
ޕޯޓަލްގައި ހިމެނޭ ދައުލަތުގެ އޮފީސްތަކަށް.
-
މި ޕޯޓަލް އިން ދެއްކޭނީ ކޮން ފައިސާއެއް؟ ބޭރު ގައުމުތަކުގެ ފައިސާ ބޭނުންކުރެވިދާނެތަ؟
މި ޕޯޓަލް އިން ފައިސާ ބަލައިގަންނާނީ ދިވެހި ރުފިޔާއިން.
-
މި ޕޯޓަލް އިން ފައިސާ ދެއްކޭނީ ކޮން ކާޑު/ކާޑުތަކަކުން؟
މި ޕޯޓަލް އިން ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް އިން ޤަބޫލުކުރާ ކޮންމެ ކާޑެއްވެސް ބޭނުންކުރެވޭނެ.
-
މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓު އޮންނަ ފަރާތްތަކަށްތޯ؟
މި ޕޯޓަލް އިން ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް އޮންނަ ފަރާތްތަކަށް ވާކަށްނުޖެހޭ. ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ނޯންނަ ފަރާތަކަށްވެސް، ބޭންކް އޮފް މޯލްޑިވްސް އިން ޤަބޫލުކުރާ ކާޑެއް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ.
-
މި ޕޯޓަލް މެދުވެރިކޮށް އެންމެ މަދުވެގެން، ނުވަތަ އެންމެ ގިނަވެގެން ފައިސާ ދެއްކޭނެ މިންވަރެއް ވޭތޯ؟
މި ޕޯޓަލް މެދުވެރިކޮށް ކޮންމެ އަދަދެއްގެ ފައިސާއެއް ވެސް ދެއްކޭނެ. އަދި އެންމެ މަދުވެގެން، ނުވަތަ އެންމެ ގިނަވެގެން ފައިސާ ދެއްކޭނެ މިންވަރެއް މި ޕޯޓަލްގައި ކަނޑައަޅާފައިނުވޭ. އެހެންނަމަވެސް، އެންމެ ގިނައިން ފައިސާ ދެއްކޭނީ، ފައިސާ ދައްކާފަރާތުގެ ބޭންކުން، އެފަރާތަކަށް ކަނޑައަޅާފައިވާ ޢަދަދަށް.
-
އިންޓަނެޓްގެ ޚިދުމަތް ނެތްނަމަ މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެތޯ؟
މި ޕޯޓަލްއަކީ އޮންލައިން ޕޯޓަލްއެއްކަމުން، މި ޕޯޓަލް ބޭނުންކުރެވޭނީ އިންޓަރނެޓްގެ ޚިދުމަތްލިބޭނަމަ. އަދި އިންޓަނެރޓްގެ ޚިދުމަތް ލިބެން ނެތްނަމަ މި ޕޯޓަލް ބޭނުންނުކުރެވޭނެ.
-
މި ޕޯޓަލްއަކީ ބޭންކް އޮފް މޯލްޑިވްސްގެ ގޭޓްވޭއާއި ގުޅިފައިވާ ޕޯޓަލްއެއްތޯ؟
މި ޕޯޓަލް އިން ފައިސާ ދެއްކުމަށް ބޭނުންކުރާނީ ބޭންކް އޮފް މޯލްޑިވްސްގެ mPOS.
-
މޮބައިލް ފޯނުން މި ޕޯޓަލް ބޭނުންކުރެވިދާނެތޯ؟
އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރެވޭ މޮބައިލް ފޯނެއްނަމަ، މޮބައިލް ފޯނުން މި ޕޯޓަލް ބޭނުންކުރެވޭނެ.
-
އޭ.ޓީ.އެމް މެދުވެރިކޮށް މި ޕޯޓަލް ބޭނުންކުރެވިދާނެތޯ؟
ބޭނުމެއްނުކުރެވޭނެ.
-
މި ޕޯޓަލް ބޭނުންކޮށްގެން ދައްކާ ފައިސާއަށް ރަސީދު ލިބޭނެތޯ؟
ފައިސާ ދައްކާފައިވާ ފަރާތުން ދީފައިވާ އީ-މެއިލް އައި.ޑީ އަށް އީމެއިލް ކުރެވޭނެ.
-
މި ޕޯޓަލް މެދުވެރިކޮށް، އިތުރަށް ނުވަތަ މަދުން ފައިސާ ދެއްކިއްޖެ ހާލަތެއްގައި ޢަމަލުކުރާނީ ކިހިނެއް؟
އެފައިސާއެއް ނިސްބަތްވާ އޮފީހަކާއި މުޢާމަލާތްކުރުން.
Frequently Asked Questions
-
What is “BandeyriPay”?
Portal to make online payments to government agencies
-
Who can use “BandeyriPay”?
Any person who makes payment to government
-
Is registration required to use “BandeyriPay”?
No registration is required. Anyone could use the portal
-
What type of payments could be made via “BandeyriPay”?
Payments made over-the-counter to government agencies, which is included in the portal
-
Payment of which agencies could be made via “BandeyriPay”?
Agencies included in the portal
-
Which currency could be used to make payments? Can foreign currencies be used?
Payments would be accepted in Maldivian Rufiyaa
-
Which cards could be used to make payments?
Any card accepted by the Bank of Maldives
-
Is having an account in the Bank of Maldives required to make payments via “BandeyriPay”?
An account in Bank of Maldives is not required. A person who does not hold an account could also make payments using cards accepted by the Bank of Maldives
-
Is there a minimum or maximum amount of payments?
Any amount of payment could be made, with no minimum or maximum amount requirement. The maximum amount a person could make would depend on the limit given by the Bank to the cardholder.
-
Can “BandeyriPay” be used without internet?
As this is an online portal, an internet connection is required
-
Is “BandeyriPay” linked to Bank of Maldives’s Payment gateway?
Payments made via this portal would be made using BML mPOS
-
Can “BandeyriPay” be accessed using mobile phones?
“BandeyriPay” could be accessed with any mobile phone with internet features
-
Can “BandeyriPay” be accessed via a bank ATM?
“BandeyriPay” cannot be accessed via an ATM
-
Would a receipt be provided to payments made via “BandeyriPay”?
Receipt would be sent to the email address provided
-
What should be done if an under or over payment is made?
Contact the respective agency